އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަންގެ މަގާމުގައި ހުރި އިބްރާހިމް ވަހީދު އަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލާފައިވާ މީކާއީލް އަހްމަދު ނަސީމް އެދިއްޖެ އެވެ.
އެކަމަށް އެދި އެ ޕާޓީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާއަށް ފޮނުވި ސިޓީގައި މީކާއީލް ފޮނުވި ސިޓީގައި ބުނެފައިވަނީ ޗެއާޕާސަންކަމަށް މީކާއީލް އާއިވާދަކުރާ އަނެއް ކެނޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި، އެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އިބްރާހިމް ވަހީދު ކެމްޕެއިން ކުރަމުންގެންދާ ކަމަށެވެ.
އެގޮތުނއ ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބްރޭ އަމަލީ ގޮތުން ބައިވެރިވާތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށާ އަދި ނަޝީދުގެ ކެމްޕެއިންގެ ފޮޓޯއާ ވީޑިއޯ ތަކުން އެކަން ޔަގީން ކުރެވޭ ކަމަށެވެ.
ނަމަވެސއ އިބްރާހިން ވަހީދު އަކީ ޑެޕިއުޓީ ޗެއާޕާސަން-އިދާރީގެ ހައިސިއްޔަތުން މެންބަރޝިޕްގެ ކަންކަމާއި އިންތިޚާބުތައް ހިންގުމާ ހަވާލުވެ ހުންނަ މީހާކަމަށްވާއިރު ވާއިރު، އެ މަގާމުގައި ހުންނަ މީހަކީ ވަކި އަތަކަށް ނުޖެހޭ، ނަޒާހަތްތެރި މީހަކަށް ވާންޖެހޭނެ ކަމަށްވަތީ އެކަމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ނާޖާއިޒު ފައިދާ އެ ކެންޑިޑޭޓަށް ލިބޭނެ ކަމެއް ކަމަށެވެ.
އަދި އެކަމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމެއްކަމަށްވެސް މީކާއިލްގެ ސިޓީގައި ބުނެފައި ވެއެވެ.
އެހެންކަމުން މި މައްސަލަ ބަލައި ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އަވަސް ފިޔަވަޅެއް އަޅައިދޭން އޭނާގެ ސިޓީގައި ވަނީ އެދިފަ އެވެ.