ކައުންސިލް އިންތިހާބަށްފަހު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ދެ ބޭފުޅުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި، ތޯރިގު އިބއރާހިމް އަށާއި ކުރީގެ ބަންޑާރަ ނައިބް ކަންކުރެއްވި ދިޔާނާ ސައީދަށް އެމްބަސެޑަރ އެޓް ލާޖުގެ މަގާމު ދެއްވައިފި
އާދަމް ޝަރީފް އުމަރާއި ތޯރިގް އިބްރާހިމް މިނިސްޓަރުކަމުން އިސްތިއުފާދެއްވީ މި މަހުގއ 14 ވަނަ ދުވަހުއެވެ. އެދުވަހު މި ދެބޭފުޅުންގެ އިތުރުން 8 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައި ވެއެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވީ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާއި ގުޅިގެން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމުގައި ރައީސް ޑރ މުއިއްޒު އަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.