އަދަދު ނޫހުގެ އޮފީހަށް ފުލުހުންވަދެ ބަލައިފާސްކުރަނީ

ކޯޓް އަމުރެއްގެ ދަށުން ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބަލައިފާސްކުރަން ފަށައިފި އެވެ.

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައި މިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް އަންހެނަކު އެ ނޫހަށް ދިން މައުލޫމާތެއްގެ މަށްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ މައުލޫމާތު ދިން އަންހެން މީހާ އަށާއި އެ ނޫހާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑރ މުއިއްޒު މިއަދު ހެނދުނު ވިދާޅުވެފައި ވަނިކޮށެވެ.

ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކުރަން ފަށާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *