ރަސްމާލެ މަޝްރޫއުއަކީ ހިންގަން މަޖުބޫރު މަޝްރޫއުއެއް: ހައުސިންގ މިނިސްޓަރ

ރަސްމާލެ މަޝްރޫއަކީ ހިންގަން މަޖުބޫރު މަޝްއުއެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ދެއްވި ޖަވާބުގައި މިނިސްޓަރު މުއްތަލިބއ ވިދާޅުވީ ރައްޔިތުންނަށްް ބޭނުންވާ ބޯހިޔާވަހިކަން ގާއިމްކޮށްދިނުމަށް ބޭނުންވާ ވަރަށް މާލެ ސަރަހައްދުގައި ބިން ނެތް ކަމަށާއި އެހެންކަމުން އެކަން ހައްލުކުރުމަށއ ބިން އިތުރުކުރަން މަޖުބޫރު ކަމަށެވެ.

އަދި އޭގެ އިތުރުން ރަސްމާލެ ޕްލޭނަކީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޕްލޭން ކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މާލެ ސަރަހައްދުން މިހާރު ލިބެންހުރީ 12،000 އެއްހާ ފުލެޓް އެޅޭނެ ބިން ކަމަށެވެ. ވުމާއެކު މުސްތަގުބަލަށް ވިސްނާއިރު ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއަކުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *