ދުވާފަރުގައި ތޫނުއެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ރ ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ ހާދިސާ ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށާއި ޒަހަމްވި މީހާ އަށް ދުވާފަރު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް އެ ހާދިސާގެ އުތުރު ތަފްސީލެއް ފުލުހުން ހާމއެއް ނުކުރެ އެވެ.
އިއްޔެ ހުޅުމީދޫގައި ވެސް ތޫނު ހަތިޔާރުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވެއެވެ. އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2 މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.
އަދި އެމީހާ އައްޑޫސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.