އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް ވަކިކޮށްފި އެވެ.
ޝަރީފް އަކީ ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ ލިމިިޓެޑް (އާރސީއެލް) އެގްޒެކެޓިވް ޑިރެކްޓަރުކަމުގައި ބުންނަވަނިކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެޭގައި އެމްޓީސީސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމަށް އައްޔަނުކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ ގިނަ ކުންފުނި ތަކެއްގެ އިސްމަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު ކުންފުނިތަކުގެ ޙަރަދުތައް ކުޑަކުރުމަށްވެސް ސަރުކާރުންގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ނަމަވެސް އެމްޓީސީސީގެ ޑީއެމްޑީގެ މަގާމުން ޝަރީފް ވަކިކުރެއްވީ ކީއްވެ ކަން ސަރުކާރުން އަދި ޕީސީބީން ވެސް ބުނެފައި ނުވިނަމަވެސް ޝަރީފް އެމްޓީސީސީގެ ޑީއެމްޑީގެ މަގާމުން މި މަހުގެ 28 ވަނަ ދުވަހު ވަކިކުރައްވާފައިވާކަމަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވަނީ ބުނެފައެވެ. އަދި އެ ކުންފުންނަށް ޝަރީފް ކޮސްދެއްވި ޙިދުމަތަށް އެކުންފުނިންވަނީ ޝުކލުރުއަދާކޮށް ޕޯސްޓެއް ހިއްސާކޮށްްފައެވެ.