މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި މަންދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް އިންތިހާބުވި ޝަހީމާ ޝިހާބު ވެރިކަންކުރާ ޕީއެންސީއާ ގުޅިއްޖެ އެވެ.
ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމާވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫފުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަށް މެންބަރޝިޕް ފޯމް ހަވާލުކޮށްފައެވެ.
ޕީއެންސީ އާއި ގުޅުމަށްފަހު ޝަހީމާ ވިދާޅުވީ އޭނާ ވެރިކަންކުރާ ޕާޓީއާއި ގުޅުނީ އޭނާގެ ރަށަށް ތަރައްގީ ގެނެވޭނީ ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށް ގަބޫލުކުރާތީ ކަމަށެވެ.