މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހެޅުމަށް ސްޓޭޓް ޓްރޭޑީންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެކުންފުނިން އާންމުކޮސްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 962 މިލިއަން ރުފިޔާ އެވެ. އަދި މި އަދަދަކީ 2024 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާ އާއި އަޅާބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން ޓެކުސް ކެނޑުމަށް ފަހު، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 785 މިލިއަން ރުފިޔާ އެވެ. އަދި މިއަދަދަކީވެސް 2024 ވަނަ އަހަރާ އަޅާބަލާއިރު 2 އިންސައއްތައިގެ ކުރިއެރުމެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މިނިންމުން މި މަހުގެ 16 ވަނަ ދުވަހު ބާއްވާ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާއިރު ހިއްސާއަކަށް ބަހާނެ މިންވަރު ނިންމާނީ ކުންފުނީގެ އާންމު މެންބަރުންގެ ވޯޓުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *