ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ނ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދުގެ ހެނދުނު 07:15 އިން ފެށިގެން މިއަދުގެ މެންދުރު 13:00 ގެ ނިއަލަށް ނ އަތޮޅުން ފެށިގެން ތ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހި އަދި ވިލާގަނޑުގައި 35 މޭލަށް ވައި ބާރުވާނެކަމަށް ލަފާކޮށް މި އަދުގެ ފަތިހު 5:00 އިން މިއަދުގެ ހެނދުނު 10:00 އަށް ލ އަތޮޅުން ފެށިގެން އައްޑޫސިޓީއަށްވެސް މެޓު އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.