ރައީސް ޔާމީނުގެ ޕީއެންއެފް އަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފި

ރައީސް ޔާމީނުގެ ޕީޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އެކަން ހާމަކޮސް އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނު ބުނީ ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ސިޔާސީ ޕާޓީއަކުން ހިންގަމުންގެންދާ ސިޔާސީ ހަރަކާތަކަށް ނުވަތަ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ހިންގުމަކީ ނުވަތަ އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތު އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ.

އެހެންކަމުން ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިނގަމުންދާކަން އެ ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެކަން މީގެ ކުރިންވެސް އެޕާޓީއަށް އަންގާފައިވާނެ ކަމަށާއި، އޭގެ އިތުރުން އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީއެންއެފް އިން އުޒުރުވެރިވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވުމާއެކު އެ ކަންކަން ކުރުން އެ ފާޓީން ހުއްޓާނުލާ ނަމަ ނުވަތަ އެ އަމަލުތައް ތަކުރާރުކުރާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެ ކޮމިޝަނުން އަޅާނެ ކަމަށް އެ ބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *