ރައީސް ނަޝީދުގެ ކެމްޕެއިން ތަރުޖަމާނުކަމަށް ދިއްދޫ ވައްޑެ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ހަމަޖައްސައިފި އެވެ.

ރައީސް ނަޝިދު ވަނީ އެކަން އެމަނިކުފާނުގެ ފޭސްބުކު އެކައުންޓުގައިވެސް ހާމަކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތަރުޖަމާނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ އެދާއިރާގެ ގައުމީ މަޖިލިސް ރައީސް އަބްދުﷲ ވަހީދު ހަމަޖައްސާފައިވާ ކަމަށެވެ.

އަބްދުﷲ ވަހީދު އަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު ކަންވެސް ކުރެއްވި ބޭފުޅާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *