މިދިޔަ ހަފްތާގައި ހިނގާފައިވާ ވައްކަންތަކުގައި ގެއްލިފައިވާ 599،879 ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ ބުނީ މިދިޔަ ހަފްތާގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ވައްކަން ވައްކަންތަކާއި ގުޅިގެން ވައްކަންތަކުގައި ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ތަކެތި އަނބުރާ ހޯދަން އެ މުވައްސަސާއިން ކުރި މަސައްކަތުން ޖުމްލަ 599،879 ރުފިޔާގެ ތަކެތި އަނބުރާ ހޯދާފައިވާ ކަމަށެވެ.
އެގޮތުން މާލޭގެ އަވަށްތަކުގެ ފޮލިސް ސްޓޭޝަންތަކުން ރިކަވަރ ކޮސްފައިވާ ތަކެތީގެ އަގުތަކަށް ބަލާއިރު ގަލަޅު ޕޮލިހުން – 278،910 ރުފިޔާގެތަކެތި، ހެންވޭރު ޕޮލިހުން 94،169 ރުފިޔާގެތެކެތި އަދި މާފަންނު ޕޮލިހުން 184،800 ރުފިޔާގެތަކެތި ވަނީ ހޯދާފައެވެ.