އިންޑީއާ އައުޓް ގޮވީ ޕީއެންސީއަކުން ނޫން، ޕީއެންސީގެ ފިކުރުން ވިޔާނުދާ ކަންކަމެއް ނުކުރާނެ: މެންބަރު އައިބީ

އިންޑީއާ އައުޓް ހަރަކާތް މާލޭގައި ހިންގީ ވެރިކަންކުރާ ޕީއެންސީ އިން ނޫން ކަމަށާއި އެ ހަރަކާތް ހިންގީ މިހާރު އުވާލައިވާ ޕީޕީއެމް އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނުއަސާސީ އާއި ހިލާފ އަމަލުތައް ހުއްޓުވުމަށް ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު އައިބީ ވިދާޅުވީ މާލޭގެ މަގުތަކުގައި އިންޑިއާ އައުޓް ގޮވަމުން މުޒާހަރާތައް ހިންގީ ޕީއެންސީން ނޫން ކަމަށާއި އެއީ ޕީޕީއެމުން ކުރި ކަމެއް ކަމަށެވެ.

އައިބީ އިތުރަށް ވިދާޅުވީ އެއީ މުޅިން އެހެން ލީޑަރޝިޕަކުން ހިންގި މުޒާހަރާތަކެއް ކަމަށާއި އެދުވަހު އެ ހަރަކާތް ހިންގި މީހުން މިއަދުވެސް އެގެންދަނީ އެގޮތަށް މަޖީދީމަގުގައި މުޒާހަރާ ކުރަމުން ކަމަށެވެ.

މިއީ މުޅިން އާ ޕާޓީއެއް، އާ ލީޑާޝިޕެއް، އާ ފިކުރެއް،" މެންބަރު އައިބީ ވިދާޅުވި އެވެ.

އަދި އައިބީ ވިދާޅުވީ ޕީއެންސީގެ ފިކުރުން ވިޔާނުދާ ކަންކަން ކޮށްފައި ނޯންނާނެ ކަމަށާއި ޕީއެންސީގެ ފިކުރަކީ އިސްލާހަށް މަސައްކަތް ކުރާ ފިކުރެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *