ޑިވެލޮޕްމެންޓް އިންޓަޕްލޭން ސިލޯން ލިމިޓެޑާއެކު މިފްކޯގެ ޕްރިމިއަމް ބްރޭންޑް "ފަސްމީރު" ލަންކާއަށް ތައާރަފްކޮށްފި އެވެ.
މިފްކޯގެ "ފަސްމީރު" ބްރޭންޑުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފްކުރުމަށް ބޭއްވި މި ޙަފްލާ ޝަރަފުވެރިކޮސްދެއްވީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒު އެވެ.
އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިސްވެރިންނާއި، ރާއްޖޭގެ ކެބިނެޓްގެ ވަޒީރުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ މިފްކޯއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސީފުޑް ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ލަންކާ ގައި އެ ކުންފުނީގެ އުފެއްދުންތައް މާކެޓްކުރުމަށްޓަކައި ކުރިއަށްގެންދިޔަ އިވެންޓެއްކަމަށް މިފްކޯ އިން ބުނެއެވެ.