ސްރީލަންކާގައި ދިވެހިންނަށް އައިޑީކާޑާއި ޕާސްޕޯޓު ހައްދައިދިނުމުގެ ޙިދުމަތް ގާއިމްކޮށްފި އެވެ.
ސްރީލަންކާގައި މި ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ސްރީލަންކާގެ ރައީސް ގެ ދައުވަތަކަށް އެ ގައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޙިދުމަތް ގާއިމްކުރުމުގެ ރަސްމިއްޔާތު ބާއްފވާފައިވަނީ އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒުވަނީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރުތަމަ ޕާސްޕޯޓް އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށްދެއްވައިފަ އެވެ.