ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މީގެ ފަސް އަހަރު ކުރިން ދިން ބޮމުގެ ހަމަލާގައި ހަށިގަނޑަށް ލިބުނު ގެއްލުންތައް 5 އަހަރު ފަހުން އެއްކޮށް ރިކަވަވީ އިރު ޑޮކްޓަރުން ބުނިގޮތަށް ހަމައެކަނި ކަންބޮޑުވުމެއް އުޅެނީ ހަމައެކަނި ކަނާއަތުގެ 3 އިނގިލީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ހަމަލާ ހިނގާދިޔަތާ 5 އަހަރުވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ހަމަލާގައި ލިބުނު ގެއްލުންތައް 5 އަހަރުގެ ތެރޭގައި އެއްކޮށް ފަަސޭހަވާނެ ކަމަށް ފަރުވާ ދެއްވި ޑޮކްޓަރުުން ވެސް ވިދާޅުވި ކަމަށެވެ.
އަދި އެ ހަމަލާގައި ލިބުނު ގެއްލުންތައް 5 އަހަރުގެތެރޭ އެއްކޮށް ރިކަވަރ ވާއިރު ކަންބޮޑުވުމެއް ހަމައެކަނި ހުންނާނީ ކަނާއަތުގެ 3 އިގިއްޔެއްގައި ކަމަށްވެސް ޑޮކްޓަރު ބުނެފައިވާ ކަމަށާއި، އެކަން އެގޮތަށް މެދުވެރިވެފައިވާތީ ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ވެސް ރައީސް ނަޝީދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.