ރައީސް ޑރ މުޢިއްޒުގެ ލީޑާޝިޕް ތަޖުރިބާކުރެވިއްޖެ، ފާހަގަކުރެވުނީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް އެމަނިކުފާނުގެ ކިބާގައި ހުރިކަން: ދިޔާނާ ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕް ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވުމުން އެންމެ ބޮޑަށް ފާހަގަވީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް އެމަނިކުފާނުގެ ކިބާގައިހުރިކަން ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެެއްޖެ އެވެ.

ސްރީލަންކާގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ މުއިއްޒު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ކަމަނާއަށް ރައީސް ޑރ މުއިއްޒު އާއި ބައްދަލުކުރެވި އެ މަނިކުފާނުގެ ލިޑަރޝިޕް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމާއެކު އެ ތަޖުރިބާ ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުން ދިޔާނާ ވިދާޅުވީ ނިމިދިޔަ އެތައް ސަރުކާރެއްގައި ޚިދުމަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ އަދި އެކި ރައީސުންގެ ލީޑާޝިޕް ސްޓައިލްޓަކާއި ހަރުދަނާކަން ތަޖުރިބާ ކުރެއްވިފައިވާ ކަމަށެވެ.

އަދި ލަންކާގައި ދިރިއުޅޭ ދިވެހީންނާއި އެކު ރައީސް ބޭއްވެވި ބައްދަލްވުމުގައި އެންމެ ފާހަގަ ކުރެވުނީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް ރައީސް މުޢިއްޒުގެ ކިބާގައި ހުރިކަން ކަމުގައި ވިދާޅުވި އެވެ.

އެގޮތުން އެކަމަނާ ވިދާޅުވެފައިވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ފަރިއްކޮޅަށްފަހު ރައީސް ޑރ މުއިއްޒު އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ބޭނުންވި ކޮންމެ ރައްޔިތަކާއި ވަކީން ބައްދަލު ކުރެއްވި ކަމަށާއި، އަދި އެ މީހެެއްގެ ކަންބޮޑުވުންތައް ވަކިން އަޑުއެއްސެވި ކަމަށާއި އެކަން ނޯޓް ނަންގަވައި ބޭނުންވި ކޮންމެ ރައްޔިތަކާއިއެކު ފޮޓޯ ނެންގެވި ކަމަށެވެ.

އެގޮތުން ރޭގަނޑު 10:30 ވީފަހުން އެ ބައްދަލްވުމުން އެކަމަނާ ގެއަށް ވަޑައިގެންނެވިއިރު ވެސް ރައީސް ޑރ މުއިއްޒު ހުންނެވީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގައި ކަމަށާއި، އެކަން މެލޭޝިޔާގެ ދަތުރުފުޅުގައި ވެސް ތަކުރާރު ކުރެއްވިކަން އެނގިވަޑައިގެންފައިވާ ކަމަށްވެސް އެކަމަނާ ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *