ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އައްޑޫ ސިޓީގައި ވިޔަފާރި ފޯރަމެއް ބާއްވަނީ

އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މި މަހުގެ 14 އިން 15 އަށް ވިޔަފާރި ފޯރަމެއް ބާއްވަން ތައްޔާރުވަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އިފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި މިހިނގާ 2026 ވަނަ އަހަރާއި އަންނަ 2027 ވަނަ އަހަރު، ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީއަށާއި ދެކުނަށް ހާއްސަކޮށްގެން މި މަހުގެ 13 އިން 14 އަށް ވިޔަފާރި ފޯރަމެއް އައްޑޫގައި ބޭއްވުމަށް މިހާރު ހަމެޖިފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

އަދި މި ފޯރަމްގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ އެއީ މި މޭމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން ގަސްތުކުރަނީ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ފޯރަމުގައި އިންވެސްޓުމެންޓާއި ވިޔަފާރިއާ ގުޅޭ މައުލޫމާތުތައް ދިނުމުގެ އިތުރަށް މަސައްކަތްތެރިކަމާއި ޓެކްނޮލޮޖީގެ މައުލޫމާތުތައް ދިނުމަށްވެސް ހަމަޖެހިފާކަމަށާއި އެހެންކަމުން މި ފޯރަމްގައި ހޯމް މިނިސްޓްރީންވެސް ބައިވެރިވާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *