މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ: ސަރުކާރުގެ ތަރުޖަމާނު

ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ސަރު7ކާރުގ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުންދު ވިދާޅުވީ މީޑިއާތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑަިގެންފައިވާ ވައުދާއެއްގޮތަށް މީޑިއާތައް ހިންގާނެ އޮފީސް ޖާގަ ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގައި ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫންމަހުގެ ނިއަލަށް ނިންމާލެވޭނެ ކަމަށެވެ.

އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯއިން ތަރައްގީކުރަން ފެށި ހޮޓެލޮް އިމާރާތުގައި ތަރައްގީކުރާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *