ރާއްޖޭގައި ފުޅާދާއިރާއެއްގައި ގޭހުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، މޯލްޑިވް ގޭހުން ލިކިއުޑްނައިޓްރޯޖަން އުފައްދައި ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ނެރެފިއެވެ. މިއީ ރާއްޖޭގެ ސިއްހީދާއިރާ އާއި ކާބޯތަކެތީގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ލިކިއުޑް ނައިޓްރޯޖަން އަކީ އާންމުކޮށް ސިއްހީ ދާއިރާގެ އިތުރުން ކާބޯތަކެތީގެސިނާއަތުގައި ތަފާތު ބޭނުންތަކަށް ބޭނުންކުރާ އެއްޗެކެވެ. މޯލްޑިވް ގޭހުން ހާމަކޮށްފައިވާގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ބޭނުންވާ ލިކިއުޑްނައިޓްރޯޖަން މިހާރު ސަޕްލައި ކުރަމުންދަނީ އެ ކުންފުނިންނެވެ. މީގެ އިތުރުން،ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ވެސް މިހާރު ދަނީ މި ހިދުމަތް ފޯރުކޮށްދެމުންނެވެ.
ސިއްހީދާއިރާގައި ލިކިއުޑް ނައިޓްރޯޖަން ބޭނުންކުރާ މައިގަނޑު ބޭނުންތަކަށް ބަލާއިރު ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށާއި (Cryotherapy)، ސާމްޕަލްތައް ގަނޑުކޮށްފައިބެހެއްޓުމަށް ބޭނުންކުރެއެވެ. އެގޮތުން ތަހުލީލްތަކަށް ނަގާ ސާމްޕަލްތަކާޢި އަދި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ގަނޑުކޮށްކުރުމަށް ބޭނުންކުރެއެވެ. ރާއްޖޭގައިވެސް މިހާރު ސްކިން ކްލިނިކްތައް ހިންގަމުންދާއިރު، މިއީ މިފަދަ ކްލިނިކްތަކަށް ލިބިގެންދާ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާއެވެ.
ކާބޯތަކެތީގެ ސިނާއަތުގައި ލިކިއުޑް ނައިޓްރޯޖަން ބޭނުން ކުރަނީ ވަގުތުން ފިނިކުރަންޖެހޭ ޑެސަރޓްތައް ތައްޔާރުކުރުމަށެވެ. އެގޮތުން ފައިން ޑައިނިންގ ރެސްޓޯރަންޓްތަކުގައި ލިކުއިޑް ނައިޓްރޯޖަން ވަނީ ވަރަށް މަގުބޫލުކަމެއް ހޯދާފައެވެ. މީގެ އިތުރުން ފިނިބުއިންތަށް ކަސްޓަމަރުންނަށް ސަރވްކުރުމުގައި ދުންއަރާފަދަ ރީތި މަންޒަރުތައް އުފެއްދުމަށްވެސް ބޭނުންކުރެއެވެ. ހަމައެއާއި އެކު، އަވަހަށްގަނޑުކުރަންޖެހޭ އަދި ފަސޭހައިން ހަލާކުވާ ތަކެތި ފްލޭޝް ފްރީޒް ކުރުމަށްވެސް ބޭނުންކުރެއެވެ. މީގެ ސަބަބުން ކާނާގެ ތާޒާކަމާއި، ރަހައާއި، އަދި ހަށިގަނޑަށްފައިދާހުރި މާއްދާތައް ހިފެހެއްޓެއެވެ.
އަދި މޯލްޑިވް ގޭސް ގެ ހޮޓްލައިން ނަންބަރ 1616 އަށް ގުޅައި އޮޑަރ ކޮށްލުމުން ޑެލިވަރީގެ ހިދުމަތްތަށް ވެސް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭސް އިން ހާމަ ކުރެއެވެ.