މެރިޓައިމް ސޭފްޓީ އެއްބަސްވުމެއްގައި ރާއްޖެއާއި އޮސްޓްރޭލިއާ ސޮއިކޮށްފި

ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި އޮސްޓްރޭލިއާ އިން ސޮއިކޮށްފައިވިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެންއެންޑީއެފް) ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޙަސަން ރަޝީދު އެވެ. އޮސްޓްރޭލިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑްގެ ރިއަރ އެޑްމިރަލް ކޮމާންޑަރ ބްރެޓް ސޮންޓަރއެވެ.

އެމްއެންޑީއެފް އިން ބުނީ މި މިއެއްބަސްވުމުގެ ދަށުން ދެ ޤައުމު ގުޅިގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަމްރީންތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެއެވެ.

އަދި މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރުން ކަމަށްވެސް އެމްއެންޑިއެފް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *