ރައީސް ނަޝީދުގެ ކޮއްކޯފުޅަށް ތޫނު އެއްޗަކުން ހަމަލަދީފި

ކުރީގެ ރައީސް މުހައްމަދުރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވައިވާ ގޮތުގައި އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ނާޒިމް ސައްތާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވ ހޯއްދަވަމުންނެވެ.

އަދީ ފުލުހުންވެސް ވަނީ ރޭ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާކަމަށްވެސް ބުނެފައެވެ.

ނަމަވެސް ފުލުހުން އެ ފަރާތގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *