މާކުރަތު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ރ މާކުރަތު ފުޓުސަލް ދަނޑުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ރ މާކުރަތުގައި ތަރައްގީކޮށްފައިވާ މި ފުޓްސަލް ދަނޑަކީ އެންމެ ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ތަރައްގީކޮށްފައިވާ ދަނޑެކެވެ. އަދި މި މަސައްކަތުގެ ތެރޭގައި ދަނޑުގެ ވަށައިގެން ފެންސްޖެހުމާއި، ރޭގަނޑު ކުޅެވޭގޮތަށް ލައިޓިންގ ވެސް ވަނީ ހަރުކޮށްފައެވެ.

މީގެ އިތުރުން ދަނޑުގެ ފެންގހިންދާ ނިޒާމާއި، ބެންޗު އަދި ގޯލްވެސް އެކުންފުނިންވަނީ މި ޕްރޮޖެކްޓުގެ ތެރެއިން މަސައްކަތް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *