ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން ބޭއްވި "ސިފަމާ ފަން ރަން 2026″ ގައި މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފި

ސިފަމާ ފަން ރަން 2026 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި އެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ފަންރަން ބާއްވާފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ މުޙައްމަދު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.

ސިފަމާ ފަން ރަން 2026 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިފަމާގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.ސިފައިންގެ ޢާއިލާ އާއި އާއްމުން ހިމެނޭގޮތަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި މިދުވުމަށް ފަހު، ކުޑަކުދިންގެ ދުވަހާއި  މަންމައިންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *