ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރާ ސިފައިންނަށް ލިބޭ ބެނިފިޓްސް ހިދުމަތްކުރި މުއްދަތުގެ ނިސްބަތުން އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރާ ސިފައިންނަށް ލިބޭ ބެނިފިޓްސް ހިދުމަތުގެ މުއްދަތުން އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ރިޓަޔާމަންޓު ގަވާއިދަށް އިސްލާހުތައް ގެނެސް ހިދުމަތުން ވަކިވުމުން ލިބޭ މަންފާ، ހިދުމަތުގެ އަހަރުގެ ނިސްބަތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވީ ސިފައިންގެ ދުވަސް ފާހަގަކުރަން ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ޖަލްސާގައެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އޮންނަ ގޮތުން ުހިދުމަތުގައި 30 އަހަރުވެގެން ރިޓަޔަރ ކުރެއްވިޔަސް 35 އަހަރު ވެގެން ރޮޓަޔަރ ކުރެއްވިޔަސް ތަފާތެއް ނެތް ކަމަށާއި، ރިޓަޔާމަންޓުގައި މިހާރު ލިބޭ ބެނެފިޓަށް ބަލާއިރު މިއީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން ހިދުމަތްކުރި އަހަރުގެ ނިސްބަތުން އެ ލިބޭ ބެނެފިޓު ކަނޑައަޅާ ގޮތަށް ސިފައިންގެ ރިޓަޔަމަންޓު ގަވާއިދު ބަދަލުކުރަން ގަސްދުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *