އާއިލާ ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރި ސިފައިންގެ މަރުކަޒެއްގައި ހިދުމަތް ކުރެވޭ ގޮތަށް އުސޫލު ބަދަލުކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސިފައިންގެ މީހާގެ އާއިލާ ދިރިއުޅޭ ރަށް، އަތޮޅު ނުވަތަ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ސިފައިންގެ މަރުކަޒެއްގައި ހިދުމަތް ކުރެވޭ ގޮތަށް އުސޫލު ބަދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ މީހާ މަސައްކަތްކުރާނެ މަރުކަޒް ކަނޑައެޅުމުގައި އެމީހާ ދިރިއުޅޭ ރަށާ އެންމެ ކައިރި މަރުކަޒަކަުން ފުރުސަތު ލިބޭގޮތަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވީ ސިފައިންގެ ދުވަސް ފާހަގަކުރަން ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ޖަލްސާގައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ސިފައިންގެ ހިދުމަތް ފުޅާކުރަން ބަލާއިރު ކޮންމެ އޭރިއާ ކޮމާންޑަކާ އެންމެ ކައިރި ސަރަހައްދުތަކަށް ވިސްނައިގެން ކޮންމެ ސިފައިންގެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދަށް ބަލައި އިސްކަން ދެއްވާނެ ކަމަށާއި، އެގޮތުން އެމީހާގެ ރަށާއި ނުވަތަ ދިރިއުޅޭ ތަނަކާއި އެންމެ ކައިރި ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އަދި އެ ބަދަލާއެކު، ސިފައިންގެ ފައުޖު ވެސް ވަރުގަދަކޮށް، ބޮޑުކުރަންޖޭ ކަމަށާއި، އެކަމަށްޓަކައި ދައުލަތުގެ މިއަހަރު ބަޖެޓުގައި އެކަމަށްވެސް އިސްކަދީފައިވާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *