ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ފުވައްމުލަށް ގއ އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފި

ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ފުވައްމުލަށް ގއ އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދުގެ ފަތިހު 5:30 އިން ފެށިގެން މެންދުރު 11:30 އަށް ގއ އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އެ ސަރަހްއދުގައި އެ ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުމޫސުމް ފެށިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *