އިންޑިއާއަށް މިއަދު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފިން: ރައީސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދު އަނބުރާ އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުގެ ތެރެއިން ސުކޫކުގެ 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި މިއަދު އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮރު މިހާރު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

40 ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރުގެ ދަރަނިން ރައްޔިތުން ސަލާމަތްކޮށްފިން،“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުންބމިއަދު ދެއްކި 50 މިލިއަން ޑޮލަރާ އެކު ދެން ބާކީ އޮންނާނީ 50 މިލިއަން ޑޮލަރު ކަމަށާއި އެ ފައިސާ ވެސް މި އަހަރުގެ ސެޕްޓެމްބަރު 17 ގައި ދައްކާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *