އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ މީޑިއާ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުން ރާއްޖޭގައި ފަށައިފި

އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ މީޑިއާ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުން ރާއްޖޭގައި ފަށައިފި އެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) ގުޅިގެން ބާއްވާ އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ މީޑިއާ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުން ކަމަށްވާ "އޭޝިއާ މީޑިއާ ސަމިޓް" (އޭއެމްއެސް) ގެ 21 ވަނަ އެޑިޝަން ރާއްޖޭގައި ބާއްވަނީ "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުންނެވެ.

 

ވިލާ ނޯޓިކާ ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާ މި ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށެވެ. އަދި ސަމިޓުގައި 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، މީގެ ތެރެއިން 80 އިންސައްތައަކީ ބޭރު ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *