ބޭންކް ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހިންގާ މި ފަންޑަކީ އެފަދަ ކުލަބް ޖަމްއިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިންގާ ފަންޑެކެވެ.

އގޮތުން މި އަހަރު އެބޭންކުން ކުރިއަށްގެންދާ މި ފަންޑުން މާލީ އެހީ ހޯދުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކަމަށް އެދި ޕްރޮޕޯށްލް ގހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން މިއަދުވަނީ ހުޅުވާލާފައެވެ.

އަދި ހުށަހެޅޭ ޕްރްޕޯސަލްތަކަށް ބެލުމަށްފަހު މުޖުތަމައުއަށް އެންމެ ފައިދާހުރި ކަމެއް ކުރުމަށް ހުށަހަޅާފައިވާ 5 ފަރާތެއް ހޮވައި 200،000 ރުފިޔާ އާއި ހަމައަށް ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށްވެސް އެ ބޭންކުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *