ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދުގެ ހެނދުނު 8:00 އިން ފެށިގެން މިއަދު މެންދުރު 14:00 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އެ ސަރަހްއދުގައި އެ ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.