އެމްޑީޕީން 3 ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 3 ގައުމެއްގައި ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން ބުނީ ޗެއާޕާސަން އިންތިހާބުގައި އިންޑިއާގެ ޓްރެވިންޑަރްމް އާއި މެލޭޝިއާ އަދި ސްރީލަންކާގައި ވޯޓުލުމަށް 50 މީހުންނަށްވުރެ ގިނައިން ރަޖިސްޓަރީކޮށްފިނަމަ ފޮށި ބެހެއްޓުމަށް ޕާޓީގެ އިލެކްޝަން ކޮމިޓީ ނިންމާފަވާތީ އެގައުމުތަކުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރުމަށް ހުޅުވާލާފައެވެ.

އެހެންކަމުން ރީ-ރަޖިސްޓްރީކުރަން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *