މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މީކާއިލް މުހައްމަދު ރިޔާޒް އިންތިހާބުކޮށްފި އެވެ.
މީކާއީލް އެ މަގާމަށް އިންތިހާބުކުރީ އެމްޑީޕީން މާލޭސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ކައުސިލްގެ ބައްދަލުވުމަށް ހުސަހަޅާނެ މެންބަރަކު ހޮވުމަށް މިއަދު އެ ޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން އަލަށް އިންތިހާބުވި މާލޭސިޓީ ކައުންސިލުން ބޭއްވި ބައްލަދުވުމުގައެވެ.
އެމްޑީން ނިންމާފައިވާ ގޮތަށް ޕްރައިމަރީން އެންމެ ގިނަ ވޯޓު ހޯދާ ފަރާތަކަށް އެހެން ހުރިހާ މެންބަރުން ތާއީދުކުރުމަށް ނިންމާފައިވާތީ މިއަދު މާލޭސިޓީކައުންސިލުން ޑެޕިއުޓީ މެޔަރަކު ހޮވުމަށް ބޭއްވި ބައްދަލުވުމުގައި އެހެން ނަމެއް ހުށަހަޅާގފައިނުވެއެވެ.
އެމްޑީޕީން ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވާދަކުރީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ އާއި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ އާއި ހުޅުމާލޭ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އަދި މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މީކާއިލް މުހައްމަދު ރިޔާޒް އެވެ.
ޑެޕިއުޓީ މެންބަރަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި މީކާއީލް އަށް 7 ވޮޓު ލިބުނުއިރު ޒާޔާ އަށް ވަނީ 5 ވޯޓް ލިބިފައެވެ. އަނެއް 2 މެންބަރުންނަށް ލިބުނީ ކޮންމެ މެންބަރަކަށް 2 ވޯޓެވެ.