ބޭންކާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިބޭންކް އޮފް މޯލްޑިވްސް އާއި މައިންޑްކޯ ގުޅިގެން ބާއްވާ "ކޮލެބް 26″ ހެކަތަންް ފަށައިފި

ބޭންކާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިބޭންކް އޮފް މޯލްޑިވްސް އާއި މައިންޑްކޯ ގުޅިގެން ބާއްވާ "ކޮލެބް 26″ ހެކަތަން ފަށައިފިވއެވެ.

މި ހެކަތަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް ގެ އަމާޒަކީ އާ އީޖާދުތަކާއެކު މުޅި ރާއްޖެ އަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށް ދިނުން ކަމަށެވެ. 

އަދި ބީއެމްއެލް އިން ޓެކްނޮލޮޖީ ދެކެނީ ހަމައެކަނި ހިންގުމުގެ ނިޒާމު ހަރުދަނާކުރާ ވަސީލަތެއްގެ ގޮތުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި، އެއީ އިޤުތިޞާދީ ގޮތުން އެންމެން ބައިވެރިކުރުވުމަށާއި ދުރު ރާސްތާގެ ތަރައްޤީ އަށް ޤައުމީ ފެންވަރުގައި މަގުފަހިކޮށްދޭ މުހިންމު ބާރެއް ކަމަށް އެ ބޭންކުން ދެކޭ ކަމަށެވެ.

އެހެންކަމުން ހަމައެކަނި މާލީ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި ދެމެހެއްޓެނިވިކަން ވަރުގަދަ ކުރުމާއި، އަދި އާ އީޖާދުތަކުގެ ސަބަބުން މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށް ދިނުމަކީ ދިވެހިންގެ ބޭންކުގެ ހައިސިއްޔަތުން އެ ބޭންކުގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށްވެސް އެ ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުންބޝަރީފް ވިދާޅުވީ އެ ބޭންކާއި މައިންޑްކޯ ގުޅިގެން ތައާރަފުކުރި ކޮމްޕިޓެންސީ ސެންޓަރުގެ މަގުޞަދަކީ، އުނގެނުމާއި، ގުޅިގެން މަސައްކަތް ކުރުމާއި، ތަޖުރިބާ ކުރުމާއި، އަދި އައު އީޖާދުތަކަށް ފުރުސަތުތަކެއް ހުޅުވާލައިގެން، އަލަށް އުފެދޭ މިފަދަ ޓެކްނޮލޮޖީތަކަށް ޤައުމީ ފެންވަރުގައި އަހުލުވެރިވުމަށް އެހީތެރިވެ ދިނުން

ކަމަށެވެ.

އެގޮތުން ހުނަރުވެރިން ބިނާކުރުމަށް އެހީތެރިވުމާއި، ވިޔަފާރިތަކާއި އިދާރާތައް ބާރުވެރިކުރުވުމާއި، އަދި ރާއްޖޭގައި ވަރުގަދަ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަށް ހިއްސާވުމަކީ އެ ބޭންކުން ވަރަށް އިސްކަމެއްދޭ ކަމެއްކަމަށްވެސް ސީއީއޯ ޝަރީފް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *