މާލެއަށް ދަތުރުކުރި ލޯނެޗެއް ފަޅައިގެންގޮސްފި

މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންދިއުމާ ގުޅިގެން އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *