މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ބޭންކިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް ދޫކޮށްފި

މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިން ހިދުމަތް ފެށުމަށް ލައިސަންސް ދޫކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ރާއްޖޭގައި ބޭންކެއް ގާއިމްކުރުމަށް ޕްރިމިއަރ ބޭންކަށް ލައިސަންސް ދީފައިވަނީ މިދިޔަ އަހަރުގެ އެ ކުންފުންޏަށް، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން ކަނޑައެޅި ޝަރުތުތައް އެ އެކުންފުނިން ފުރިހަމަ ކުރުމުން ކަމަށެވެ.

އެގޮތުން އެ ކުންފުންޏަށް ދޫކުރި ލައިސަންސްގެ ދަށުން ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތައް ގެނެސް ފައިވާ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެމްއޭއިން ބުނީ ޕްރިމިއަރ ބޭންކަށް ބޭންކިން ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކޮށް، މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *