2 ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިން ނަގައިފި

ޑައިވިން އަށް ގޮސްޓއުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ތެރެއިން 2 ޑައިވަރުންގެ ހަށިގަނޑު ނަގައިފި އެވެ.

އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ 4 މީހުންގެ ހަށިގަނޑުވެސް ލޮކޭޓްކުރެވިފައެެވެ.

އަދި މިއަދު މިހާތަނަށް އެ ޓީމުން ކުރި މަސައްކަތުން 2 ޑައިވަރުންގެ ހަށިގަނޑު ވަނީ ނަގާފައެވެ.

އެ ޑައިވަރުންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ އެންމެ އެތެރެ ޗެމްބަރ އިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *