ނުރައްކާތެރި 3 ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ށަރަފު ދިވެހި ރާއްޖެއަށް ލިބިއްޖެ

ނުރައްކާތެރި 3 ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ށަރަފު ދިވެހި ރާއްޖެއަށް ލިބިއްޖެ އެވެ.

ދިވެހި ރާއްޖެއިން ވަނީ ނުރައްކާތެރި 3 ބައްޔެއް ކަމަށްވާ މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ "ޓްރިޕަލް އެލިމިނޭޝަން" ދިވެހި ރާއްޖޭގައި ފެތުރުން ހުއްޓުވައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ އެ ވޯޑް ހާސިލް ކޮސްފައެވެ.

އެގޮތުން ޖެނީވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މައިންގެ ފަރާތުން ދަރިންނަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ދިވެހިރާއްޖެއިން މުޅިން މނައްތާލާފައިވާކަން އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ދިވެހިރާއްޖެ ހޯދި ބޮޑު ކާމިޔާބީ ފާހަގަކޮށް، އެކަމުގެ ހަނދާނީ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންްޑް ވެލްފެއަރ ގީލާ އަލީއަށް އެ އެސެމްބްލީގައި ޑަބްލިޔުއެޗްއޯ އިން ވަނީ އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *