ދިރާގު ފިހާރަ ގޮއްވާލާނެކަމަށް ބުނި މީހާ ޖަލަށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރަ ގޮއްވާލާނެކަމަށް ބުނި މައްސަލައިގައި ގއ.ގެމަނަފުށި، ރަންކޮކާގެ / ނަދީފް މުހައްމަދު ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ނަދީފް ހައްޔަރުކުރީ 2022 ވަނަ އަހަރު އެވެ.

ނަދީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ، އާންމު ތަނެއްގައި ހުރި މީހަކު އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެ ޖާއިޒު މަޤްސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.

މިވދައުވާއަށް ނަދީފް އިންކާރުކޮށްފައިވީ ނަމަވެސް އޭނާގެ ފަރާތުން ދިފާއީ ހެއްކެއް ހުށަހަޅާފައި ނުވާކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ނަދީފް ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ އައިސިސް މީހެއް ކަމަށް ބުނެ، ބޮން ގޮއްވުން ފަދަ ކަންކަން ކުރާ ކަމަށް ބުނެ އިންޒާރު ދީފައިވާކަން ސާބިތުކުރެވިފައިވާ ކަމަށާއި، އެހެންކަމުން ނަދީފް މުހައްމަދުގެ މައްޗަށް މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވާ ކަމަށެވެ.

އަދި އެ މައްސަލާގައި 1 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްވކުރާ ކަމަށާއި އެގޮތުން މި މައްސަލައިގެ ބަންދުގައި ނަދީފް ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ އަދަބަކީ 1 މަހާއި 13 ދުވަށް ކަމަށް ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *