ސަރުކާރު ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ފުރަތަމަ ފާމަސީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.
ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އިން ބުނީ "ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ"ގެ ނަމުގައި އަލަށް ހުޅުވި ބޭސްފިހާރަ ގާއިމުކުރީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ކަމަށެވެ.
އަދި އެ ކުންފުނިން ބުނީ އައިޖީއެމްއެޗް ގައި ހުޅިވިގެންދިޔާ މި ފާމަސީ އަކީ ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.