ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ބަލި ޖެހިފައިވާ 7 މީހުން މިހާތަނަށް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ 7 ކޭސް މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާ ކަމަށާއޮ އެގޮތުން މި ކޭސްތަކާ ގުޅިގެން ޖުމްލަ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވޭތިވެދިޔަ ހަފްތާގައި އެޗްޕީއޭއިން ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް ހިމަބިހި ބަލި ޖެހިފައިވާ 5 މީހުން ރާއްޖެއިން ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހުންނަކީ ރާއްޖެއިން ބޭރުން އައިއިރު އެ ބަލި ޖެހިފައިވާ 2 މީހުންކަން ދެނެގަނެވިފައިވާ ކަމަށެވެ.
އަދި މިދުވަސްވަރަކީ ރާއްޖެއިން ބޭރުގެ އެކި ގައުމުގތަކުގައި، ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައިވެސް އެ ބަލި ފެތުރެމުންދާ ދުވަސްވަރަކަށްވާތީ އާންމުކޮށް ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.