މާލެ ސަރަހައްދުގައި އީދުނަމާދު ކުރާނެ ތަންތަން ކަނޑައަޅައިފި

މާލެ ސަރަހައްދުގައި އީދުނަމާދު ކުރާނެ ތަންތަން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ އަޟްހާ އީދު ނަމާދުވެސް މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން މާލެ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ:

  1. މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދު
  2. ވިލިމާލެ ފުޓުބޯޅަ ދަނޑު
  3. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް
  4. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނި

ނަމަވެސްޓމޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލްވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *