މާލޭގައި ހުރި ސްޓެލްކޯގެ އިންޖީނުގޭ ދުން ހޮޅިން ދުން ބޭރުވަނީ: ފޮޓޯ/ އިރުވަރު އޮންލައިން
މާލޭގައި ހުރި ސްޓެލްކޯގެ އިންޖީނުގޭ ދުން ހޮޅިން ދުން ބޭރުވަނީ: ފޮޓޯ/ އިރުވަރު އޮންލައިން

މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

އެއްވެސް ތާކުން ކަރަންޓް ކަނޑާނުލކައި އަޕްގްރޭޑިންގެ ބޮޑު މަސައްކަތެއް ކާމިޔާބުކަމާއެކު ނިންމާލިތާ ވަގުކޮޅެއް ފަހުން މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށް ގެންދިޔަ އަޕްގްރޭޑިން މަސައްކަތް އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވިފައިވާތީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ސޯޝަލް މީޑިއާގައި އެކަން ފާހަގަކުރިތާ ވަގުތުުކޮޅެއް ފަހުން މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ވަނީ ކެނޑިފައެވެ.

އެކަމާ ގުޅިގެން ސްޓެެލްކޯއިން ބުނީ  ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައވާ ކަމަށެވެ. އަދި މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެއަށްފަހު ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށާއި ކަރަންޓް ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *