ސޯބެއަށް އައްޑޫސިޓީގެ ރައްޔިތުން ދެއްވި ފުރުސަތުގައި އެއްވެސްކަމެއް ނުކޮށްދެވުނު: މިނިސްޓަރ ޝިޔާމް

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)އަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް އެ ސިޓީގެ ރައްޔިތުން ފުރުސަަތު ދެއްވި ކަމަށާއި ނަމަވެސް އެ ފުރުސަތުގައި ސޯބެއަށް އައްޑޫއަށްޓަކައި އެއްވެސް ކަމެއް  ކޮށްދެއްވިފައި ނެތްކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.   

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ އަހްމަދު ސައީދު (ސޮޑާ)ގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ އައްޑޫޓސިޓީގެ ފުރަތަމަ މޭޔަރުކަމުގައި 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އެ ސިޓީއަށް ހިދުމަތްޓކުރައްވަށް އިދިކޮޅު ކެނޑިޑޭޓް ސޯބެ އަށް ލިބިލެއްވި ކަމަށެވެ. 

ނަމަވެސް އެ ފުރުސަތުގައިވެސް ސޯބެއަށް އެ ސިޓީގެ ރައްޔިތުންނަށްޓަކައި އެއްވެސް ކަމެއް ކޮށްދެފިފައިނުވާތީ، މޭޔަރު ކަމުގެ 2 ވަނަ ދައުރަކަށް ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުން އެ ޕާޓީގެ އާއްމު މެންބަރުންވެސް ސޯބެއަށް ނޫނެކޭ ބުނެފައިވާ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ.

އަދި އެއަށްފަހު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ހަވާލުކޮށް އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީގެ ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ބޮޑު ޒިންމާ ހަވާލުކުރުމުން އެކަންވެސް ސޯބެއަށް ކުރެވިފައި ނުވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *