ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން-1ގެ ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން-1ގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން-1ގެ ދަރިވަރުން ދަސްވެނިވުން ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި، ދިފާޢީ ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދު، އެ ތަމްރީނުން ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ކޯސް ހިނގައިދިޔަ ގޮތުގެ ރިމާކްސް ދެއްވައި، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ ފުރަތަމަ ޕްރޮގްރާމްގެ ދަރިވަރުންނަށް އަޒުމް އައުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދުއެވެ.

2026 ޖަނަވަރީ 15 އިިން 2026 މޭ 22 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 63 ދަރިވަރުން ބައިވެރިވިއެވެ. އެއީ 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުންނެވެ.

މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގ އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދީ ދަސްކޮށްދީފައި ވެއެވެ.

4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 63 ދަރިވަރުން ވަނީ ދަސްވެނިވެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓް ހާސިލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *