އިދުނަމާދާ ގުޅުވައިގެން އެމްޓީސީސީގެ ބަސް ރޫޓްތަކަށް ބަދަލުގެނެސްފި

އިދުނަމާދާ ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)ގެ ބަސް ރޫޓްތަކަށް ބަދަލުގެނެސްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ހިދުމަތުގެ ދަތުރުތަކަށް، އީދު ނަމާދާ ގުޅުވައިގެން ގެނެސްފައިވާ ބަދަލު ގެ ތެރޭގައި އެދުވަހު ބަހުގެ ހިދުމަތްތައް ފެށޭ ގަޑިއަކީ ހެނދުނު 8:00 ކަމުގައި ހަމަޖެއްސުން ހިމެނެއެވެ.

ނަމަވެސް ދަތުރުވެރިންނަށް ފަސޭހަކުރުމުގެ ގޮތުން R3 (މާލެ-އެއާޕޯޓް)، R4 (ހުޅުމާލެ ފޭސް 1-އެއާޕޯޓް) އަދި R9 (ހުޅުމާލެ ފޭސް2- އެއާޕޯޓް) ގެ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށާއި، އެގޮތުން އީދު ނަމާދުގެ ކުރިން ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ފަތިހު 5:30 އިން 6:05 އަށް ކަމަށާއި، އަދި އީދު ނަމާދުގެ ކުރިން ކުރެވޭ ދެވަނަ ދަތުރު ކުރާނީ ހެނދުނު 6:35 އިން 6:35 އަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެއަށްފަހު އެ 3 ރޫޓުގެ ދަތުރުތައްވެސް އީދު ނަމާދަށް މެދުކަނޑާލުމަށްފަހު ހެނދުނު 8:00 އިން ފެށިގެން އާންމުކޮށް ކުރިއަށްގެންދާ އުސޫލުން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *