ސަރުކާރު މުވައްޒަފުންގެ މިމަހުގެ މުސާރައަންނަ ބުރާސްފައްޗާއި އާދީއްތަ ދުވަހު ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތް ކުރުމަށް ފަހު ސަރުކާރު ވައްޒަފުންނަށް މި މަުގެ މުސާރަ ދޭނޭ ދުވަސްތައް ކަމުގައި އަންނަ ބުރާސްފަތި ދުވަހާއި އާއިދިއްތަ ދުވަސް ހަމަޖައްސާފައިވާ ކަމަށެވެ.
މި އަހަރުގެ އަޟްހާ އީދު ބަންދާ ގުޅިގެން މި މަހުގެ 22 އިން ފެށިގެން މި މަހުގެ 30 އަށް ސަރުކާރު ބަންދުކޮސްފައިވާއިރު ދެން ސަރުކާރު ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
ނަމަވެސް މި ދުވަސްތަކުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހަކީ ބޭންކުތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.