ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި

ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

ރޭގެ ވަގުތެއްގައި އެ ހާދިސާ ހިނގީ ލ ގަމުގައި ޢީދު ކުޅިވަރަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރޭގައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ކަމަށް މީޑިއާތަކުން ވަނީ ހަބަރު ގެނެސްދީފައެވެ.

އެ ހާދިސާގައި ކަރަންޓުގައި ޖެހުނު ކުއްޖާ ވަގުތުން ގަމު ރީހަނަލް ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭންފެށި ނަމަވެސް އިތުރުފަރުވާ އެ ހޮސްޕިޓަލުން ދެވެންނެތުމާއެކު އެކުއްޖާ މިހާރުވަނީ މާލެގެނެސް އައިޖީއެމްއެޗް ގައި ފަރުވާދޭން ފަށާފައެފެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *