އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެންބަރުން ހަމަކުރުން: ރައީސް ނަޝީދު

އަމާޒަކީ އެމްޑީޕީއަށް 100،000 މެންބަރުން ހަމަ ކުރުން ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 100،000 މެންބަރުން ހަމަކުރުން ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ޕާޓީއަށް 100،000 މެންބަރުން އެމަނިކުފާނު ހަމަކުރައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައިވާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ.

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަށީދު އާއި ވާދަކުރައްވަނީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *