އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ ސްކޮޑުގައި އިއުލާންކޮށްފިއެވެ.
26 ކުޅުންތެރިންގެ ސްކޮޑްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ 6 ކުޅުންތެރިން ހިމެނެއެވެ. މީގެތެރޭގައި އަލްވަރޭޒް، މޮނީލާ، ސިމިއޮނީ، އަލްމާޑާ، ގޮންޒާލޭޒްގެ އިތުރުން ޖުއާން މުސޯ ހިމެނެއެވެ.
ޓީމުގެ ކެޕްޓަނަކީ އުމުރުން 38 އަހަރުގެ މެސީއެވެ. ކޯޗް ސްކެލޯނީގެ ސްކޮޑްގައި އޭނާ ވަނީ އެންމެ ފަހުގެ ވޯލްޑްކަޕްގައި ކުޅުނު ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިންނަށް މިފަހަރުވެސް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ގޯލުކީޕަރު އެލިމިއާނޯ މާޓިނޭޒް އާއި އެންޒޯ ފެނާންޑޭޒް, އެލެކްސިސް މެކަލިސްޓަރ, ލިސަންދްރޯ މާޓިނޭޒް ގެ އިތުރުން ކްރިސްޓިއަން ރޮމޭނޯ ފާހަގަކޮށްލެވެ އެވެ.
މިއީ މެސީގެ 6 ވަނަ ވޯލްޑްކަޕެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް ތިންވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގައި މެސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގައި މެސީ ވެގެންދާނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއިއެކު ހަ ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ ފުރަތަމަ ފިރިހެން ދެ ކުޅުންތެރިންނަށެވެ. މެސީ ވަނީ ގައުމީ ޓީމަށް މިހާތަނަށް 198 މެޗު ކުޅެފައެވެ.
ވޯލްޑްކަޕްގައި އާޖެންޓީނާ ހިމެނޭ ގްރޫޕް ޖޭ ގައި ދެން ހިމެނެނީ އަލްޖީރިއާ އާއި އޮސްޓްރިއާގެ އިތުރުން ޖޯޑަން އެވެ.